Last Updated: May 10, 14:48
Friday, May 10, 2024
ޚަބަރު

ބަހުގެ ހިދުމަތް 13 ވަނަ ދުވަހު ފަށަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަހުގެ 13 ވަނަ ދުވަހު އައްޑު އާއި ފުވައްމުލަކުގައި ބަސް ދަތުރުގެ ހިދުމަތް ފަށަން ނިންމައިފަ އެވެ.

ހިދުމަތް ދޭން ސްރީ ލަންކާ އިން ރާއްޖެ ގެނައި 13 ބަހުގެ ތެރެއިން ދެ ބަސް މިއަދު ވަނީ އައްޑު އަށް ގެނެސްފަ އެވެ. އެއީ 52 މީހުންގެ ޖާގައިގެ ދެ ބަހެވެ.

އައްޑު އަށް ގެންނަ 32 މީހުންގެ ޖާގައިގެ ނުވަ ބަސް ވެސް މިހާރު ވަނީ ގެނައުމުގެ ތައްޔާރީތައްވެފަ އެވެ.

ފުވައްމުލަކަށް ގެންދާ 32 މީހުންގެ ޖާގައިގެ ދެ ބަސް މިހާރު ވީ އެ ރަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް އެމްޕީއެލުން ބުންޏެވެ.

އައްޑު އަށް ގެންނަ 11 ބަހުގެ ތެރެއިން 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުން ކުރާނީ ހުޅުމީދޫގަ އެވެ.

ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގަ އެވެ.