Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ދަޅުމަހު ކުޅިމަސް

* ބޭނުންވާ ތަކެތި:

1 ދަޅު ތެޔޮމަސް
1 ފިޔާ (ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
ތެޔޮ، ލޮނު، އަސޭމިރުސް، ހިކަނދިފަތް، ރޯމިރުސް (ރަހަލާ ވަރަށް)

* ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި ފިޔާކޮޅު މޯޅިކޮށްފައި މީރުވީމައި ޓޮމާޓޯ ޕޭސްޓްކޮޅު އަޅާފައި ،އެއް މިނިޓް ވަންދެން އެއްކޮށްފައި ދަޅު މަސް އެޅުން. ރޯ މިރުސް، އަސޭމިރުސް، ލޮނުމެދު އަޅާފައި އެއްކޮށްލައިފައި ދެ މިނިޓް ވަންދެން (އެއްކުރަމުން) ކެއްކުމަށް ފަހު ލޮނު ހެޔޮވަރުކޮށްފައި އުނދުން ނިވައިލުން. ދެން ހިކަނދިފަތް އަޅައިފައި އެއްކޮށްފައި މަތިޖެހުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.