Last Updated: May 6, 12:13
Monday, May 6, 2024
ދީން

ހިތަދޫގައި ފިތުރު ޒަކާތް ބެހުން ހުއްޓުމަަކަށް!

އައްޑޫ ސިޓީ ކައުންސިލް އިދާރާ: ފޮޓޯ: ކައުންސިލް

ހިތަދޫގައި ފިތުރު ޒަކާތް މިއަދު ބަހަމުން ދަނިކޮށް، އާންމުންގެ ފަރާތުން ފެންމަތިވި ކަންބޮޑުވުންތަކަކާ ގުޅިގެން ޒަކާތް ބެހުން ހުއްޓުމަަކަށް އަތުވެއްޖެ އެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ފިތުރު ޒަކާތް ބެހުން ހުއްޓުމަކަށް އައީ، ނަން ނޯޓްކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން އުފެދުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

"ފައިސާ ދޫކުރަމުން ދިޔަ ލިސްޓާ މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރުމާ އެކު އެ މައްސަލަ އިތުރަށް ބަލައި ލިސްޓް ރިވިއު ކުރުމުގެ މި އިދާރާގައި ގާއިމު ކުރެވިފައިވާ އިސްލާމިކް މިނިސްޓްރީގެ ޔުނިޓާ ގުޅިގެން ކުރެވެމުންދާތީ އެ މައްސަލަ ހައްލު ކުރެވެންދެން ފިތުރު ޒަކާތުގެ ފައިސާ ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ވާހަކަ ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ ލިސްޓާ މެދު ހުރި ކަންބޮޑުވުންތައް ހައްލު ކުރެވުމާ އެކު އަލުން ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.

މާދަމާއަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށްވާ އިރު، ފިތުރު ޒަކާތް ފިތުރު އީދުގެ ކުރިން ދައްކައި ނިންމައި، އީދުގެ ކުރިން ހައްގުވާ ފަރާތްތަކަށް ފައިސާ ދޫކުރަން ޖެހެ އެވެ.