Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

"ރެސްޕެކްޓް ފުޓްސަލް ޗެލެންޖް" އަށް ފުރުސަތު ހުޅުވާލައިފި

ހިތަދޫގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމުގައިވާ އެފްސީ ރެސްޕެކްޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2016" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"އައްޑޫ ލައިވް" އަށް ރެސްޕެކްޓްގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު އަލްތާފް (އަލްޓީ) ބުނީ މި މުބާރާތަކީ އައްޑޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000ރ. ގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ އިނާމެއް. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 6 އޯގަސްޓް.

އޯގަސްޓު މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2016" މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ޖުލައި 15 އިން ފެށިގެން ފޯމް ދޫކުރަމުން ގެންދާނެ ކަމަށް ރެސްޕެކްޓް ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

"ޖުލައި 15 އިން ފެށިގެން އަޅުގަނޑުމެން ފޯމް ދޫކުރަމުން ގެންދާނަން. ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ އޯގަސްޓު 6." އަލްޓީ ބުންޏެވެ.

"ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2016" އާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ ޖަމިއްޔާގެ 7794991 އަދި 7775661 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.

މިދިޔަ އަހަރު ވެސް ރެސްޕެކްޓްގެ ފަރާތުން ވަނީ އައްޑޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ބާއްވާފައެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޝަންގްރިއްލާ ޔުނައިޓެޑް އިންނެވެ.