Last Updated: June 27, 10:45
Saturday, June 27, 2026
ކުޅިވަރު

ގޯދިއްޔާ ފައިނަލް މިރޭ، ހަބޭހާއި ފްރެންޑްސްގެ ކުރިމަތިލުމެއް

ހަބޭސް އަދި ކްލަބް ވީއެޗް ބައްދަލު ކުރި މެޗްގެ ތެރެއިން. ފޮޓޯ: ގޯދިއްޔާ

އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ގޯދިއްޔާ ފުޓްސަލް ކަޕް" ގެ ފައިނަލް މެޗް ކުޅޭ ގޮތަށް ނިންމައިފި އެވެ.

މެޗް ފަށާނީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި މިރޭ 9:30 ގަ އެވެ.

ފޭދޫ ދެ ޓީމް ކަމަށްވާ ހަބޭހާއު ފްރެންޑްސް ކުލަބްގެ ކުރިމަތިލުމަކަށް ނިކުންނަ އިރު ހަބޭސް ފައިނަލަށް ދަތުރުކޮށްފައި ވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމްކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ކްލަބް ވީއެޗް ބަލި ކުރުމަށް ފަހު އެވެ.

ހަބޭހަކީ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ވެސް މެ އެވެ.

ފްރެންޑްސް ކްލަބް ފައިނަލަށް ދަތުރުކޮށްފައި ވަނީ ޔުނައިޓެޑް ފްރެންޑްސް އާއި ބައްދަލުކޮށް 1-5 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު 65،000ރ. ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ.