Last Updated: May 12, 17:17
Monday, May 12, 2025
މުނިފޫހިފިލުވުން

ސޮނާކްޝީ އެކްޝަން ރޯލަކުން

ޒުވާން ބަތަލާ ސޮނާކްޝީ ސިންހާ އެކްޝަބް ރޯލަކުން ފެނިގެންދާ ފިލްމް "އަކިރާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 2 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "އަކިރާ" އަކީ "ހޮލިޑޭ" އާއި "ގަޖްނީ" ފަދަ ކާމިޔާބު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އާރްއާރް މުރްގަދޯސްގެ ފިލްމެކެވެ.

މިއީ "ހޮލިޑޭ" އަށް ފަހު އޭނާގެ ފިލްމަކުން ސޮނާކްޝީ ފެނިގެންދާ ދެވަނަ ފިލްމެެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ސޮނާކްޝީ އެވެ.

އޭނާގެ އިތުރުން ފިލްމުގެ މުހިއްމު ކާސްޓުންގެ ތެރޭގައި ކޮންކޮނާ ސެން ޝަރްމާ އަދި ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނުރާގް ކެޝަޕް ހިމެނެ އެވެ.