Last Updated: May 2, 17:44
Thursday, May 2, 2024
ޚަބަރު

މެޖެންޓާ ބޮޑުބެރު އީދު އުފާ ހަވީރު ފޭދޫގައި

މި އަހަރުގެ ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ފޭދޫ ޖަމިއްޔާއެއް ކަމަށްވާ މެޖެންޓާގެ ފަރާތުން ހާއްސަ ބޮޑުބެރު ހަވީރެއް މިއަދު ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި އައްޑޫ ޕޮލިސް އާއި ގުޅިގެން މެޖެންޓާ އިން އިންތިޒާމް ކުރާ ބޮޑުބެރުގެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4 އިން ފެށިގެން ފޭދޫ އާއި މަރަދޫ ފޭދޫ ގުޅޭ ބްރިޖް ސަރަހައްދުގަ އެވެ.

މި ހަރާކާތް މިރޭ 8:00 އިން ފެށިގެން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މެޖެންޓާ އިން ބުންޏެވެ.

އީދު ފާހަގަ ކުރުމަށް މިފަހަރު އައްޑޫގައި ހިންގާ ހަމައެކަނި ހަރަކާތް އިންތިޒާމް ކުރާ މެޖެންޓާ އިން ބުނީ މިއަދުގެ ހަވީރުގައި ތަފާތު ކުޅިވަރު ހަރަކާތް ހިމެނިފައިވާ ކަމަށެވެ.

އެގޮތުން ފޮޓޯ ބޫތު، ފޭސް ޕެއިންޓިން، ގޯނި ރޭސް، ބިރުވެރި ހޮހޮޅަ، ބޮޑުމަސް ބޭނުން، އަދި އަލިފާންގެ އެކި ކުޅިވަރުތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މިފަހަރުގެ ފިތުރު އީދުގެ ބޯދު ޖަމާއަތްވެސް ބާއްވާފައިވަނީ ފޭދޫގައެވެ. މެޖެންޓާއިން ބުނީ މިއަދުގެ ހަވީރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، އީދުގެ އުފާ ހާސިލް ކުރުމަށް އެދޭކަމަށެވެ.