ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އީދު ހަދިޔާ ބަހައިފި އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ދިރާގު ގެ ރީޖަނަލް ސެންޓަރު ގާއިމް ކޮށްފައިވާ އަށް ސަރަހައްދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފައިވާ ކަމަށެވެ.
އައްޑޫގައި ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ފަސް ޕްރޯ ސްކޫލަށާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަދި އައިއެމްޑީސީ އަށް ވަނީ އީދު ހަދިޔާ ބަހައިފަ އެވެ.
މާލޭގެ ފަސް ސަރަހެއްދެއްގައި އީދު ހަދިޔާ ބެހިިއިރު އައިޖީއެމްއެޗް އަދި އޭޑީކޭގައި ވަނީ އީދު ހަދިޔާ ބަހައިފަ އެވެ.
ދިރާގުން ބުނީ ކުޑަކުދިންނަށް ދޭ ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި ހިމެނެ އެވެ.