Last Updated: May 18, 15:53
Saturday, May 18, 2024
ރިޕޯޓް

ކުއްތާ އަށް ހާއްސަ ރިމޯޓެއް ތައާރަފުކޮށްފި

ޕެޓްގެ ގޮތުގައި ކުއްތާ ގެންގުޅޭ ބޭރު މީހުންނަށް މިއީ ގައިމު ވެސް ވަަރަށް އުފާވެރި ހަބަރަަކަށް ވާނެ އެވެ. ސަބަބަކީ ކުއްތާތަކަށް ހާއްސަ ޓީވީ ރިމޯޓެއް މިހާރު ވުޖޫދަށް ގެނެސްފައިވުމެވެ.

މި ޓީވީ ރިމޯޓަކީ ކުއްތާ އަށް ހާއްސަ ކާނާ އުފައްދާ ކުންފުނި ވެގްގެ އިސް ނެގުމަކަށް އުފައްދާފައިވާ "ބޮޑު އަދި ވޯޓަ ޕްރޫޕް" ރިމޯޓެކެވެ.

ރިމޯޓްގެ ފިއްތަށް ހުންނަނީ ކުއްތާގެ އަތްތިލަ އާއި އެ ނޫން ބައެއް އައިކަންތަކާ އެކުގަ އެވެ.

މި ރިމޯޓް އުފައްދާފައި ވަނީ އިނގިރޭސިވިލާތުގެ ޕްރެސްޓަންގެ ޔުނިވަސިޓީ އޮފް ލަންކަޝައާގެ ކޮމްޕިއުޓަރު ޑިޒައިނަރުންގެ ޓީމަކުންނެވެ.

އެ ޔުނިވަސިޓީގެ ފަރާތުން ވާހަކަ ދެއްކި ހާސްކީ ޑަގްލަސް ބުނީ އެ މީހުންގެ ދިރާސާތަކުން ދައްކާ ގޮތުގައި ޕެޓް ކުއްތާ މިހާރު އާންމު ގޮތެއްގަިއ ދުވާލަލު ނުވަ ގަޑި އިރު ޓީވީ ބަލާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ އަލަށް އީޖާދު ކުރި ރިމޯޓްގެ އެހީގައި މީހަކު ނެތަސް، ކުއްތާތަކަށް ޓީވީ އޮންކޮށްލައ، ޗެނަލްތައް ބަލާލަން މަޑުކޮށްލެވޭނެ އެވެ.

"އެހެންވީމާ ޕެޓްގެ ގޮތުގައި ކުއްތާ ގެންގުޅޭ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނީ،" ޑަގްލަސް ބުންޏެވެ. "މިހާރު ކައްކަން ބަދިގެ އަށް ވަންނަން ނުވަތަ ބާޒާރުކޮށްލަން ދާން ޖެހޭ ވަގުތެއްގައި ކުއްތާ ޓީވީ ބަލަން ދޫކޮށްލާފައި ދާކަށް ގިނަ ބަޔަކު ދެރައެއް ނުވާނެ."