Last Updated: April 24, 12:56
Wednesday, April 24, 2024
ސިޔާސީ

އެމްޑީޕީގެ ހިނގާލުމެއް، އެކަމަކު ފުރުސަތެއް ނެތް!

އިދިކޮޅު ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ހޯމަ ދުވަހުގެ ރޭ މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ހިނގާލުން އޮންނާނީ އެ ރޭ 9:00-12:00 އަށެވެ. ހިނގާލުން ފަށަން ހަމަޖައްސައިފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.

ހިނގާލުން ކުރިއަށްދާ އިރު އެކި ސަރަހައްދުތަކުގައި މަޑުކޮށް ޝުއޫރު ވެސް ފާޅު ކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ މި ހަރަކާތާ ގުޅިގެން ފުލުހުން ބުނީ ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ ހުއްޓުވައި ފިޔަަވަޅު އަޅާނެ ކަމަށް އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ.

ފުލުހުންގެ ހިނގާލުމަށް ފުރުސަތު ނުދޭން ނިންމާފައި ވަނީ، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން ފުލުހުން ނިންމާފައިވާތީ ކަމަށެވެ.