Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސަދަން އޭރިއާ އިން އުޅަނދުތައް ޗެކް ކުރަނީ

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ސަދަން އޭރިއާ ގައި ކަނޑު ދަތުރު ކުރާ އުޅަނދުތައް ޗެކް ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ތެރެއިން އައްޑޫގެ ބައެއް ރަށްތަކުގައި ދަތުރު ކުރާ އުޅަނދުތައް ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ވަނީ ކޮށްފައެވެ.

އަދި ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން އައްޑު އާއި ހުވަދު އަތޮޅު އަދި ފުވައްމުލަކު ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރު ކަނޑުމަގުން ޗެކް ކުރުމާއި އަދި ބަނދަރުކޮށްފައިވާ އުޅަނދު ފަހަރު ޗެކް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ސަދަން އޭރިއާ އިން ބުންޏެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކަނޑުދަތުރު ކުރާ އުޅަނދުފަހަރުގެ އެންމެހާ ސަލާމަތީ ކަންކަން ރަނގަޅަށް ހުރިތޯ ވެސް ބަލާނެ އެވެ.