Last Updated: May 18, 14:59
Saturday, May 18, 2024
ރިޕޯޓް

ނޮއިސް ޕޮލިއުޝަން: ހާޓްއެޓޭކެއް ޖެހިދާނެ!

ދިރިއުޅެން ޖެހިފައި ވަނީ ކާރުބާރޫ ބޮޑު މަގުތައް ވަށައިގެން ހުރި ސަރަހައްދެއްގައި ހެއްޔެވެ؟ ނުވަތަ ގިނަ އަދަދަކަށް އެއްގަމު އުޅަނދު ފަހަރުން ތޮއްޖެހިފައިވާ ތަނެއްގައި ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބަކީ އާނއެކޭ ކަމަށްވާ ނަމަ މިއީ ވިސްނާލަން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ.

އެއީ ސިއްހީ ސަބަބުތަކަަކަށްޓަކަ އެެވެ.

ރާއްޖެ އަށް ބަލާ އިރު ވެރި ރަށް މާލޭގައި އުޅޭ ރައްޔިތުން މިކަމާ ވިސްނާލުން ބުއްދިވެރިއެވެ. މިހާރު ވެސް މާލެއަކީ އެތައް ހާސް އުޅަނދުތަކުން ތޮއްޖެހިފައިވާ ތަނެކެވެ.

ބައެއް ހާލަތްތަކުގައި ޓްރެފިކްގެ އަޑުފަށްގަނޑާ ހެދި ނިދަން ވެސް އުނދަގޫވާ ފަހަރު މަދެއް ނޫނެވެ.

ޖަރުމަނުން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޓްރެފިކުން ތޮއްޖެހި، އޭގެ އަޑުފަށްގަނޑާ ހެދި ދިރުއުޅުމަށް ބުރޫ އަރާ ނަމަ މިއީ ހާޓްއެޓޭކް ނުވަތަ ހިތް ހުއްޓުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

ޖަރުމަނުގެ ޑްރެސްޑެން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ހެދި ދިރާސާ އިން ދެއްކި ގޮތުގައި ވެހިކަލްތަކުން ތޮއްޖެހިފައިވާ ސަރަހައްދުތަކާއި ރޭލު ފަދަ އުޅަނދުތައް ދަތުރު ކުރާ ސަރަހައްދުތަކާ ކައިރީގައި އުޅޭ މީހުންނަށް އޭގެ އަޑުތަކާ ހެދި ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެ އެވެ.

އެގޮތުން އެންމެ ބޮޑު މައްސަލައަކީ ޓްރެފިކް ޕޮލިއުޝަން ނުވަތަ ނޮއިސް ޕޮލިއުޝަންގެ ސަބަބުން ހިތަށް ނޭދެވޭ އަސަރުތައްކޮށް، ހިތް ހުއްޓުމުގެ ފުރުސަތު ބޮޑުވުމެވެ.