ޑެންގީ ހުން ޖެހިގެން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ހާލު އިތުރަށް ގޯސްވާތީ އިތުރު ފަރުވާ އަށް މާލެ ފޮނުވާލި މީހަކު މިރޭ ފްލައިޓް ތެރޭގައި މަރުވެއްޖެ އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 9:15 އެހާކަށް ހާއިރު މޯލްޑިވިއަންގެ ފްލައިޓް ތެރެއަށް މަރުވެފައި ވަނީ ސ. ހިތަދޫ އަސަރީގެއާގެ އިބްރާހިމް ހުސެއިން، 70، އެވެ.
އާއިލާގެ މީހަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން މިރޭ ބުނީ އިބްރާހިމް ހުސެއިން ބަލިވެގެން ހިތަދޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ ރޭ ކަމަށެވެ.
އަދި މިރޭ އިތުރު ފަރުވާ އަށް މާލެ ފޮނުވީ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކާއި އެކީގަ އެވެ. އެނގިފައިވާ ގޮތުގައި އިބްރާހިމް ހުސެއިންގެ ހަށިގަނޑު މާދަމާ ހިތަދު އަށް ގެނައުމަށް އާއިލާ އިން ވަނީ ނިންމާފަ އެވެ.