Last Updated: May 19, 10:40
Sunday, May 19, 2024
ޚަބަރު

ފްލެޓްތަަކަށް ކުރިމަތިލާން ދިން މުއްދަތު މިއަދު ހަަމަވާނެ!

އައްޑޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިތަދު އާއި ހުޅުމީދޫގައި ހަދާ ފްލެޓްތަކަށް ފޯމް ދޫކުރަން ފެށީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.

އަދި ފޯމް ބަލައި ގަންނަން ނިންމީ މިއަދުގެ ނިޔަލަށެވެ.

ހިތަދޫގައި އަޅާ 264 ފްލެޓްގެ ތެރެއިން 230 ފްލެޓް ހާއްސަކޮށްފައި ވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށެވެ.

މި ފަހަރު އިއުލާންކޮށްފައި ވަނީ ހުޅުދޫގައި އަޅާ 48 ފްލެޓްގެ ތެރެއިން 38 ފްލެޓަށެވެ.

ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހެ އެވެ. އަދި މަހަކު ދައްކަން ޖެހެނީ 3،000ރ. އެވެ. އެއީ 25 އަހަރުގެ ތެރޭގައި ފްލެޓް ހަލާސް ކުރެވޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ހިތަދޫގައި ބާކީ ހުރި 34 ފްލެޓާއި ހުޅުދޫގައި ބާކީ ހުރި 10 ފްލެޓް ދޫކުރާނީ ރިއަލް ސްޓޭޓް އުސޫލުން ކަމަށެވެ.

ފްލެޓްތަކުގެ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އަންނަ މަހުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފްލެޓްތަކަށް ހޮވޭ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.