Last Updated: June 27, 10:45
Saturday, June 27, 2026
ކުޅިވަރު

ބައިބަލާ މުބާރާތް ހަމަނުޖެހުމަކަށް ގޮސް ހުއްޓާލައިފި

ކޮންމެ އަހަރަކުވެސް އީދާއި ދިމާކޮށް މާލޭގައި ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގެ މިރޭ ކުޅުނު މެޗަށް ފަހު ހަމަނުޖެހުން ހިންގުމާއި ގުޅިގެން މުބާރާތް މެދުކަނޑާލައިފިއެވެ.

މިރޭ ކުޅުނު ކްލަބް ޓީނޭޖް އާއި ބީޖީ ސްޕޯޓްސް ކްލަބަ ބައްދަލު ކުރި މެޗް ނިމުނު ފަހުން ހިންގި ހަމަނުޖެހުމަކާއި ގުޅިގެން މުބާރާތް މެދުކަނޑާލި އިރު، މުބާރާތާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބައިބަލާ އެސޯސިއޭޝަނުން ނުބުނެއެވެ.

މިރޭގެ މެޗަށް ފަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު މެޗްއިން މޮޅުވެފައިވަނީ ބީޖީ ސްޕޯޓްސްއިންނެވެ.

މިފަހަރުގެ ބައިބަލާ މުބާރާތުގައި ހޯމް މިނިސްޓަރ ޓެގް އަޅުވާފައިވާ ބައެއް ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ.

ފޯރިގަދަ ބައިބަލާ މުބާރާތާއި ގުޅިގެން ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގައެވެ.