Last Updated: May 8, 23:17
Thursday, May 8, 2025
ވިޔަފާރި

ދިރާގު ޕޯސްޓްޕެއިޓް ކަސްޓަމަރުންނަށް އާ ޕެކެޖެއް

ކަސްޓަމަރުންނަށް 15 ޖީބީގެ ޑާޓާ އާ އެކު ސްމާޓް ޕްރިމިއަމް ޕްލަސްގެ ނަމުގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އާ ޕެކޭޖެއް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.

އަލަށް ތައާރަފު ކުރި ޕެކޭޖުގައި 15 ޖީބީގެ ޑާޓާ ހިމެނޭ އިރު، ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް 5،000 ހިލޭ މިނެޓާ އެކު ކަސްޓަމަރުން ހިޔާރު ތިން ނަންބަރަކަށް ހިލޭ ގުޅާލުމަށް ޖުމްލަ 8،600 މިނިޓްގެ ޓޯކްޓައިމް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި މި ޕެކޭޖުގައި 3،000 އެސްއެމްއެސް އާ އެކު ކަސްޓަމަރު ހިޔާރު ކުރާ ކޮންމެވެސް އެއް ގައުމަކަށް %50 ޑިސްކައުންޓާ އެކު ގުޅޭނެ އެވެ.

ޕެކޭޖުގެ މަހުފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 999ރ. އެވެ.