Last Updated: May 17, 06:51
Friday, May 17, 2024
ޚަބަރު

ބަހުގެ ހިދުމަތް އިފްތިތާހުކޮށް ދޭނީ ނައިބް ރައީސް

އައްޑޫ އަދި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފްތިތާހު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު ބާއްވާ ހަފުލާ ޝަރަފްވެރިކޮށް ދެއްވާނީ ނައިބް ރައީސް އަބްދުﷲ ޖިހާދެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން (އެމްޕީއެލް) ބުނީ، ބަހުގެ ހިދުމަތް އިފްތިތާހު ކުރުމަށް ބާއްވާ ހަފްލާ ކުލަގަދަ ކުރުމުގެ ގޮތުން މިއުޒިކް ޝޯވްއެއް ބާއްވާ އިރު އެ ޝޯވްގައި "މޯލްޑިވިއަން އައިޑޮލް" ގެ ގަދަ ދިހަގައި ހިމެނުނު އިބްރާހިމް އަމަން، އާއި އަބްދުﷲ ސޯދިގްގެ އިތުރުން މުހައްމަދު ޒަލީފްގެ ހުށަހެޅުން ފެނިގެން ދާނެ ކަމަށެވެ.

އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތަށް 13 ބަސް ގެނެސްފައިވާ އިރު ހަތަރު ލޯންޗާއި ދެ ފެރީ ވެސް ވަނީ ގެނެސްފަ އެވެ.

އެމްޕީއެލްއިން ބުނީ އައްޑޫ އަދި ފުވައްމުލަކުގެ ދަތުރުފަތުރުގެ ކަންކަން ރަނގަޅު ކުރުމަށް ރައީސް ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަވެ.

އަދި ހިދުމަތް ވީހާ ވެސް ފުރިހަމަ ކުރިއަށް ގެންދިއުމށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.