Last Updated: May 1, 06:04
Thursday, May 1, 2025
ޚަބަރު

ކްރިމިނަލް ކޯޓުން މުއްދަތު ޖަހާނީ ބާރީ!

ޖިނާއީ ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު ޖެހުން ކްރިމިނަލް ކޯޓުން ގާޒީ ބާރީ ހާއްސަވެއްޖެ އެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ބާރީ މުއްދަތު ޖެހުމަށް "ހާއްސަވެ" މުއްދަތު ޖަހާތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

މިކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް ލިބިފައި ނުވާ އިރު މީ ކޮންކަމަކާއި ގުޅިގެން ގެނަިއ ބަދަލެއް ކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން މުއްދަތު ޖަހަމުން ގޮސްފައިވަނީ މައްސަލަ ބެލުމަށް ހަދާފައިވާ ތާވަލަކާއި އެއްގޮތައް އެކި ގާޒީންނެވެ.

ގާޒީ ބާރީ އަކީ ރައީސް ނަޝީދު އާއި ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އިތުރުން ކުރީގެ ޕީޖީ މުޖްތާޒުގެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވި ގާޒީ އެވެ.