އިދިކޮޅު އިއްތިހާދުން މާދަމާ ރޭ މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ދިއުމަށް ގޮވަމުން ދިޔަ ޕިކަޕް ހުއްޓުވައި މީހަކު ހައްޔަރުކޮށްފި އެވެ.
ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް މީހުން ޖަމާ ކުރުމަށް ގޮވަމުން ދިޔަ ޕިކަޕް ހުއްޓުވައި މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރުގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ރޭ އެޕާޓީން ބާއްވަން އުޅުނު ހިނގާލުންވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.