Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތުރުކީ ސިފައިން ކުރި ބަޣާވާތުގައި 60 މީހަކު މަރާލައިފި

ރޭގައި ތުރުކީ ސިފައިންގެ ބަޔަކު އިސްވެ އެގައުމުގައި އޮތް ވެރިކަން ބަޣާވާތަކުން ވައްޓާލަން ކުރި މަސައްކަތް ޤައުމުގެ ރައްޔިތުން ނިކުމެ ނާކާމިޔާބުކޮށްލައިފިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ދަނީ އަދިވެސް އިތުރުވަމުންނެވެ.

އަންކާރާގައި ބަޑީގެ ހަމަލާތައް ރިޕޯޓު ކުރަމުންދާއިރު އަސްކަރީ ހަނގުރާމަ ޖެޓު ތަކުން މީހުން ދިރިއުޅޭ ހިސާބުތަކަށް ހަމަލާދީފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ. މިހަމަލާތަކުގެ ސަބަބުން އިސްތަންބޫލުގެ މައި ބްރިޖް ތައް ވަނީ ބަންދުކުރެވިފައެވެ.

ރޭގައިި އަސްކަރިއްޔާއިން ސަރުކާރު ވައްޓާލެއްވިއްޖެ ކަމަށާއި ވެރިކަމާއި އަސްކަރިއްޔާ ހަވާލުވެފައިވާކަން އިއުލާންކޮށްފައި ވި ނަަމަވެސް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ސަރުކާރު ދިފާއުކޮށްފައެވެ.

ބަޣާވާތް ކުރަން ނިކުތް ސިފައިން ވަނީ ފަތިހު ބަޑި ތިރިކޮށް އަމާންދީފައެވެ. ގައުމުގެ ރައީސް ވަނީ ބަޣާވާތުގެ ހަބަރު ލިބުނު ވަގުތު އަމިއްލަ ޖެޓެއްގައި ގައުމުން ފިލާފައެވެ.

ނަމަވެސް ބާޣީން އަމާން ދިނުމުން އޭނާ ވަނީ ބަޣާވާތް ކުރި މީހުންނަށް ވަރުގަދަ އަދަބެއް ލިބޭނެ ކަމަށެވެ.

60 މީހުން މިހާތަނަށް މަރުވެފައިވާއިރު 754 މީހުން ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ. 1000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެ ޒަޚަމް ވެފައެވެ.