Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

ތުރުކީގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ރޭ ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޢާވާތާއި ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައި ނުވާ ކަމަށާއި، ދިވެހިން ތިބީ ރައްކާތެރިކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތުރުކީގައި ތިބި ދިވެހިން ތިބީ ރައްކާތެރިކޮށް ކަމަށާއި ތުރުކީގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އަސްކަރިންޔާއިން ރޭ ތުރުކީއަށް ގެންނަން އުޅުނު ބަޢާވާތް ރައްޔިތުން ނިކުމެ ހުއްޓުވާފައިވާ އިރު މިހާތަނަށް 120 މީހަކު މަރުވެފައިވާ ކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން އަސްކަރިއްޔާގެ 1500އެއްހާ ސިފައިން ހައްޔަރުކޮށް، ހައިކޯޓުގެ ފަނޑިޔާރުންނާއި ސުވާލު ކުރަންވަނީ ފަށާފައެވެ.

އަސްކަރިއްޔާގެ ފުލުހުން ނިކުމެ، ހައިވޭތަކާއި، އެއާޕޯޓް ބަންދުކޮށް، ވެރިކަމުގެ ބާރު އަސްކަރިއްޔާގެ ދަށައް ގެނެވިފައިވާ ކަމަށް ރިޕޯޓް ކުރިއެވެ.

ނަމަވެސް އެގައުމުގެ ދެކުނުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރައްވަމުން ގެންދެވި އުރުދުޣާން އެނބުރި އިސްތަންބޫލް އަށް ވަޑައިގެން ވަނީ ބަޣާވާތާ ރައްޔިތުން ދެކޮޅު ހެދުމަށް މަގުތަކަށް ނުކުތުމަށް އަންގަވައިފަ އެވެ. ރައްޔިތުން ވަނީ އުރުދުއާންއަށް ތާއިދުކޮށް މަގުތަކަށް ނިކުމެ ބަޢާވާތް ނާކާމިޔާބްކޮށްފަ އެވެ.