Last Updated: May 3, 11:40
Saturday, May 3, 2025
ޚަބަރު

ތުރުކީގެ ސުޕްރީމް ކޯޓްގެ 188 މެމްބަރުން ހައްޔަރު ކުރަން ކުރަނީ

ތުރުކީ އަސްކަރިއްޔާއިން ގައުމުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވެ އެކަމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ދޭނެ ކަމަށް ގައުމުގެ ރައީސް ބުނެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ 188 މެމްބަރަކު ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފިއެވެ.

އެގައުމުގެ ކޮންސިޓިޓިއުޝަނަލް ކޯޓުގެ 140 މެމްބަރަކާއި ކައުންސިލް އޮފް ދަ ސްޓޭޓުގެ 48 މެމްބަރަކު ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރުނު އިރު އޭގެ ތެރެއިން 10 މީހަކު މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކުރެވުނު ސިފައިންގެ މީހުންގެ އަދަދު މިހާރު ވަނީ 2800 އަށް ވުރެ އިތުރު ވެފައެވެ. މަރުވި މީހުންގެ އަދަދު 265 އަށް އަރާފައިވާއިރު 1440 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ޒަޚަމް ވެފައިވެ އެވެ.