Last Updated: July 22, 18:06
Wednesday, July 22, 2026
ވިޔަފާރި

ބަސް ދަތުރުގެ އަގުތަކާއި ޝެޑިއުލް މިއޮތީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްށޑޫގެ ބަސް ދަތުރުގެ ހިދުމަތް މިހާރު މި ވަނީ ހުކުރު ދުވަހުގެ ރޭ އިފުތިތާހުކޮށްފަ އެވެ.

އިއްޔެ އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ބަސް ދަތުރުގެ ހިދުމަތް އާންމުންނަށް ލިބޭނެ އެވެ.

އެމްޕީއެލުން މިހާރު ވަނީ ދަތުރުތަކަށް ނަގާނެ އަގުތަކާއި ޝެޑިއުލް ވެސް އާންމުކޮށްފަ އެވެ. އަދި ބަސް ސްޕޮޓްތައް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ބަހުގެ ހިދުމަތް ދޭން 13 ބަސް ގެނެސްފައިވާ އިރު އައްޑޫގައި 11 ބަސް އަދި ފުވައްމުލަކުގައި ދެ ބަސް ބޭނުން ކުރާނެ އެވެ.

އެއީ 52 މީހުންގެ ޖާގައިގެ އަށް ބަހާއި 32 މީހުންގެ ޖާގައިގެ ފަސް ބަހެެވެ.