Last Updated: May 10, 09:53
Friday, May 10, 2024
ޚަބަރު

އެމްޕީއެލްގެ އައްޑޫ ޓާމިނަލް ތިން ބުރިއަށް، ތަފާތު ވާނެ

އައްޑު އާއިު ފުވައްލުކަލަށް އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ތިން ބުރީގެ ޓާމިނަލެއް އިމާރާތް ކުރަން ފަށައިފި އެވެ.

ފޭދޫ ބަނދަރު ސަރަހައްދު ހިއްކި ބިމުގައި ބިނާ ކުރާ މި ޓާމިނަލްގެ ބިންގާ ވެސް މި މަހުގެ 12 ވަނަ ދުވަހު އަޅައި، އެތަނުގެ އަމަލީ މަަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ބިންގާ އަޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފެވެ.

ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފޭދޫ ހަޗާ ކޮންސްޓްރަކްޝަނާ އެވެ.

ޓާމިނަލްގެ ގްރައުންޑް ފްލީ ހާއްސަކޮށްފައި ވަނީ ފުރަން އަންނަ މީހުންނާއި ދާ މީހުންނަށް ހާއްސަ "އެރައިވަލް" އަދި "ޑިޕާޗާ ލައުންޖެއް" ގެ ގޮތުގަ އެވެ.

އެ ތަނުގައި ފާހާނާ އާއި ނަމާދު ކުރާ ކޮޓަރިއެއްގެ އިތުރުން ފީޑިން ކޮޓަރިއެއް ވެސް ހުންނާނެ އެވެ.

jlju

އަދި ފުރަތަމަ ބުރީގައި އޭސީ އާއި އޭސީ ނުކޮށް ހުންނަ ބައެއް ހިމެނޭ ގޮތަށް ކެފޭއެއް ހުންނާނެ އެވެ. އަދި މި އިމާރާތުގެ ދެވަނަ ފަންގިފިލާގައި 20 ކޮޓަރި ވެސް ހުންނާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ފޭދޫގައި ޓާމިނަލް ސަރަހައްދުގައި ބަސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ވޯކްޝޮޕަކާއި ދޯނި ފަހަރު އެހެލަން ހާއްސަ ސްލިޕްވޭއެއް ވެސް ހުންނާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ވަނީ އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް ވެސް ހަދަން ނިންމައިފަ އެވެ.

މީގެ އިތުރުން ހުޅުމީދުގައި ރެސްޓޯރަންޓަކާއި ސްލިޕްވޭއެއް ވެސް ހަދަން ވަނީ ރާވައިފަ އެވެ.