Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

މަހްލޫފް ގޮވައިގެން ދިޔަ ވެހިކަލުން ކުއްޖެއްގެ ގައިގައި ޖެހިއްޖެ

އެސްއޯ ވެހިކަލްގައި ޖެހި އަނިޔާވި ކުއްޖާ ދުވާރު މައްޗަށް ވެއްޓިފައި - އަވަސް ފޮޓޯ:

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާ ދެވަނަ ދައުވާގެ އަޑުހެން ނިންމާލުމަށްފަހު މަހްލޫފް ގޮވައިގެން ދިޔަ ފުލުހުންގެ ވެހިކަލުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެގެ ގައިގައި ޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފް ގޮވައިގެން ފަރީދީ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވެހިކަލުން ޖެހިފައިވަނީ މަގުގެ އަރިމަތީ ފަރާތުން ހިނގާފައި ދިޔަ ކުއްޖެގެ ގައިގައެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެކުއްޖާގެ ބެލެނިވެރިއާ ކައިރީގައި ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހިކަލުން ޖެހި އެކްސިޑެންޓްވި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ އިރު އެކުއްޖާގެ ހާލު ސީރިއަސް ނޫންކަމަށެވެ.

މި ހާދިސާގައި އެކުއްޖާގެ ގައިން ތަންކޮޅެއް މަށައިގެން ދިޔުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވެ އެވެ.