Last Updated: May 1, 00:08
Tuesday, April 30, 2024
ވިޔަފާރި

"ބީއެމްއެލް މޮބައިލް ޕޭ" ތައާރަފުކޮށްފި

އަތުގައި އޮންނަ މޮބައިލް ފޯން ބޭނުންކޮށްގެން ބިލް ދެއްކޭ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ތައާރަފޔކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށް ދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީ އެވެ.

ހިދުމަތް ހޯދުމަށްޓަކައި "ބީއެމްއެލް މޯބައިލް ޕޭ" ގެ ނަމުގައި ހަދާފައިވާ އެޕްލިކޭޝަނެއް ފޯނަށް ޑައުންލޯޑް ކުރަން ޖެހެ އެވެ.

އެއަށް ފަހު ބީއެމްއެލް އިން ކަސްޓަމަރަށް ދޫކޮށްފައިވާ ކާޑް މި ޕްލިކޭޝަނަށް އެޑް ކުރަން ޖެހެ އެވެ. ކާޑު އެޑް ކުރުމަށް ފަހު ފޯނު ޕީއޯއެސްގައި ޖެއްސުމުން ސިންކުތުކޮޅެއްގެ ތެރޭގައި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދާނެ އެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން އެކަކު އަނެކަކަށް ފައިސާ ވެސް ފޮނުވޭނެ ކަމަށް ގައުމީ ބޭންކުން ބުނެ އެވެ.

ސްރީ ލަންކާގެ އެޕިކް ޓެކްނޮލޮޖީން ތައްޔާރު ކުރި މޮބައިލް ޕޭ މެދުވެރިކޮށް ފައިސާ ދެއްކާ ކޮންމެ ފަހަރަކު ދެއްކެނީ 750ރ. އެވެ.

އެކަމަކު ދުވާލަކު ދިހަ ފަހަރު މި ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަަމަށް ވެސް ބީއެމްއެލުން ބުންޏެވެ.