Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަނީ

ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމަށް ގޮންޖަހައި އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ މަޖިލީހަށް ފޮނުވާފައިވާ ބިލާ ދެކޮޅަށް ދިވެހި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލް ކައިރީ މިއަދު 9:30 އިން ފެށިގެން އޮންލައިން މީޑިޔާތަކާއި ޓީވީ އޭޖެންސީތަކުގެ ނޫސްވެރިން ބައިވެރިވެ މިބިލާ ދެކޮޅަށް އަޑުއުފުލައި ބިލު ބޭރު ކުރުމަށް ގޮވާލާފައިވެއެވެ.

މި އިހުތިޖާޖުގައި ރާއްޖެ ޓީވީ އާއި ވީޓީވީގެ އިތުރުން މިނިވަން ނޫހާއި މިހާރު ނޫސް އަދި ހުއްޓާލާފައިވާ ސީއެންއެމްގެ ނޫސްވެރިން ވަނީ ބައިވެރިވެފައެވެ.