Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

ތާލިބަށް ކައުންސިލުން 15،000ރ.

މިދިޔަ ރޯދަ މަހު ޓީވީއެމުން ގެނެސް ދިން ޤުރުއާން މުބާރާތް "ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި" ޕްރޮގްރާމުން ތިން ވަނަ ހޯދި މަރަދޫ އަބްދުﷲ ތާލިބަށް އައްޑޫ ސިޓީ ކައުންސިލުން ފައިސާގެ ހަދިޔާއެއް ދީފި އެވެ.

އޭނާ އަށް ހަދިޔާއެއްގެ ގޮތުގައި ދިނީ 15،000ރ. އެވެ.

ފައިސާގެ ރަމްޒީ ޗެކް މިއަދު ކައުންސިލް އިދާރާގައި ބޭއްވި ކުޑަކުޑަ ހަފުލާއެއްގައި ވަނޫ ތާލިބާ ހަވާލުކޮށްފަ އެވެ. ޗެކް ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުޑ ސޯދިގް (ސޯބެ) އެވެ.

ސޯބެގެ އިތުރުން އެ ހަފުލާގައި ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) އާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފާއި ފޭދޫ ކައުންސިލަަރު އަލީ ފަހުމީ އަހުމަދުގެ އިތުރުން ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވި އެވެ.

ކައުންސިލުން ބުނީ ތާލިބަށް ދިން ހަދިޔާއަކީ އައްޑު އަށް ރީތި ނަން ހޯދައި ދީފައިވާތީ، އޭގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ.