"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެތި ކަމަށް ބެލެވޭ 77 ޕެކެޓާ އެކު ސ. ހުޅުދޫން މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ޝައްކު ކުރެވިގެން ހައްޔަރު ކުރަން އުޅުމުން އަތުގައި އޮތް ކޮތަޅެއް އެއްލާލުމުން ފުލުހުން އެ ކޮތަޅު ނަގައިގެން ބެލި އިރު އޭގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ 77 ޕެކެޓާ އެކު އިއްޔެ ހައްޔަރުކޮށްފައި ވަނީ ހުޅުދޫ ލޯރެލް އަގީލް އަބްދުﷲ، 35، އެވެ.
ފުލުހުން މިއަދު ވަނީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓަަށް ގެންގޮސް ބަންދުގެ މުއްދަތު ވެސް 15 ދުވަހަށް އިތުރުކޮށްފަ އެވެ.
އަގީލަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ތަފާތު ރެކޯޑްތަކެއް އޮތް މީހެއް ކަމަށް "އައްޑޫ ލައިވް" އަށް އެނގިފައިވެ އެވެ.