Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

ދުއާކޮށްގެން ފޭދޫން އެކަކު ހައްޔަރުކޮށްފި

އިބްރާހީމް ނަޖީބް އިސްކޮށް ހުންނަވައިގެން ދުއާ ކުރަނީ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމުން މިންޖުވާން އެދި ފޭދޫގައި ހުކުރު ނަމާދަށް ފަހު ދުޢާ ކުރަން ތިބި މީހުންނަށް ހުރަސް އަޅައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިސްވެ ދުއާ ކުރެއްވި ގާނޫނީ ވަކީލް އިބްރާހިމް ނަޖީބެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވެސް އިސްވެ ދުއާ ކުރީ އޭނާ އެވެ.

ފޭދޫގެ އިތުުރުން ހިތަދޫގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަނިޔާވެރިކަމުން މިންޖުވުމަށް އެދި ވަނީ ދުޢާކޮށްފަ އެވެ.

ހިތަދޫގައި ދުއާ ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް
ހިތަދޫގައި ދުއާ ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް

ހިތަދޫގައި އިސްވެ ދުޢާކުރީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރޫ ޙުސައިން ފަހުމީ އެވެ. އޭނާ ވެސް ހިތަދޫ ޕޮލިހަށް ވަނީ ގެންގޮސްފަ އެވެ.

އެހެން ނަމަވެސް ހިތަދޫގައި ދުޢާކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ.