Last Updated: June 27, 07:18
Saturday, June 27, 2026
ވިޔަފާރި

އީ ހަބް: އާ މޮބައިލް ފިހާރައެއް

"އީ ހަބް" ގެ ނަމުގައި ހިތަދޫގައި މުޅިން އާ މޮބައިލް ފިހާރައެއް ހުޅުވައިފި އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ ކޯލާ ފިހާރަ ކައިރީގައި ހުޅުވި މޮބައިލް ފިހާރައިން އެންމެ ފަހުގެ ފޯނުތައް ލިބެން ހުރި އިރު ފޯނު މަރާމާތުކޮށް ދިނުމުގެ ހިދްމަތް ވެސް ދެ އެވެ.

ehub2

"މޮބައިލް ފަހުގެ ފޯނުތަކުން ފެށިގެން، ފޯނަށް ބޭނުންވާ އެހެނިހެން ސާމާން، އަދި މަރާމާތު ކުރުމުގެ ހުރިހާ ހިދްމަތެއް ލިބޭނެ،" ފިހާރައިގެ ވެރިޔާ ބުންޏެވެ.

އެ ފިހާރައިން ބުނީ އަގުހެޔޮކޮށް މޮބައިލް ފޯނު ސާމާން ހޯދުމަށް މި ނޫންތަނެއް އައްޑޫގައި ނެތް ކަމަށެވެ.