Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

އިމްޕޯޓް މުދަލާއި ހޮޓާ/ކެންޓީނުތަކުން މަހަކު 200ރ. ނަގަން ނިންމައިފި

3 އެސް ސްޕަމާޓް: އަންނަ މަހުގެ 1 އިން ފެށިގެން އިމްޕޯޓް މުދާ ވިއްކާ ތަންތަނުން 200ރ. ގެ ފީއެއްް ނަގާނެ. ފޮޓޯ/ 3 އެސް

އައްޑޫގައި ހުރި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ހޮޓަލާއި ކެންޓީނު ފަދަ ތަންތަނުން މަހަކު 200ރ. ފީއެއް ނަގާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓުން ހުށަހެޅި މައްސަލައަކާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ހަތަރު ވަނަ ބައްދަލުވުމުގެ އިއްތިފާގުން ނިންމާފައި ވަނީ ފިހާރަތަކާއި ހޮޓާ/ކެންޓީން ފަދަ ތަންތަނުން މަހަކު 200ރ. ގެ ފީއެއް ނެގުމަށެވެ.

ކައުންސިލުން ބުނީ އެގޮތަށް ނިންމީ އާބާދީގައި 10،000 ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ކާބޯތަކެތީ ވިއްކާ ތަންތަނުންނާއި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން 200ރ. ގެ ފީއެއް ނެގޭނެ ކަމަށް "އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައި ހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނު" ގައި ބަޔާންކޮށްފައިވާތީ އައްޑުއަކީ އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭ އަތޮޅަކަށްވާތީ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ 1 އިން ފެށިގެން އެފަދަ ތަންތަނުން މަހު ފީގެ ގޮތުގައި 200ރ. ދައްކަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.