Last Updated: June 20, 13:20
Saturday, June 20, 2026
ޚަބަރު

ސްކޫލް ކުދިންނަށް ކުޑަ ބަސް ގެންނަނީ

އައްޑު އާއި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އައްޑު އާއި ފުވައްމުލަކަށް ކުޑަ ބަސްތަކެއް ގެންނަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ފުއްވައްމުލަކާއި އައްޑޫގައި މިހާރު ދަތުރުފަތުރުގެ ހިދުމަތް ދޭން ބޭނުން ކުރާ ބަސްތަަކަށް ވުރެ ކުޑަ ބަސްތައް ސްކޫލް ކުދިންނަށް ހިދުމަތް ދޭން ބޭނުން ކުރަން އެދެމުންދާތީ އެކަން ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ.

ައެހެން ނަމަވެސް ސްކޫލް ކުދިންނަށް ބަހުގެ ހިދުުމަތް ދޭން ގެންނާނީ ކިތައް ބަސް ކަމެއް އަދި އެ ހިދުމަތް ފަށާނެ އިރެއް އެމްޕީއެލުން ނުބުނެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ބަހުހެ ހިދުމަތް ދެނީ ޒަމާނީ 13 ބަހާ އެކުގަ އެވެ. އެއީ 52 މީހުންގެ ޖާގައިގެ އަށް ބަހާއި 32 މީހުންގެ ޖާގައިގެ ފަސް ބަހެވެ.

އައްޑޫގައި މިހާރު ވެސް އަމިއްލަ ފަރާތަކުން ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދެ އެވެ.