Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ކޯރާޑީއަކުން ހަމަލާދީ ބިދޭސީއަކަށް ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ކޯރާޑީއަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ބިދޭސީ އަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެ އެވެ.

ކޯރާޑީ އިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ބިދޭސީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް އޭނާގެ ބޮލަށާއި އަތަށް އަދި މޫނަށް ވެސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

" ބިދޭސީ މީހާގެ ހާލު ސްޓޭބަލް. އެހާ ސީރިއަސް ޒަޚަމްތަކެއް ލިބިފައެއް ނެތް" ހޮސްޕިޓަލްގެ އޮފިޝަލް ބުންޏެވެ.

މަންޒަރު ދުށް މީހަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ބިދޭސީ މީހާއަށް ހަމަލާދިނިީ މޮބައިލް ފޯން ފޭރެން ވެގެން ކަމަށެވެ.

"ސައީދިއްޔާ ސްކޫލް ކައިރީގައި ހުރި ގެއެއް ކައިރިން މިހަމަލާ ދިނީ. ބިދޭސީ މީހާ ގަދަ ދައްކައި ފޯނު ނުދޭން އުޅުމުން ފުރަތަމަ ބޮލުގައި ޖެހީ. އޭގެ ފަހުން އަތުގައި ވެސް ޖަހާފައި ފޯނު ފޭރިގެން އެމީހާކު ރައްކާވެއްޖެ." ބިދޭސީ މީހާއަށް ހަމަލާދިން މަންޒަރު ދުށް މީހަކު ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.