Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ޢިލްމުވެރިން ހުއްޓުމަކީ ހަލާކުގެ ތެރެއަށް ވެއްޓުން: ޑރ. އިޔާޒް

މޯލްޑިވްސް ޔުނިވާސިޓީގައި ޑރ.އިޔާޒް ތަޤްރީރުކުރައްވަނީ.

ދީނީ ޢިލްމުވެރިން ހުއްޓުވަން މަސައްކަތް ކުރުމަކީ، ޤައުމު ހަލާކުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ، އިޔާޒް ވިދާޅުވި ގޮތުގައި މުންކަރާތްތައް މަނާކުރުމަކީ، ޢިލްމުވެރިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި ޤައުމުގެ ސަލާމަތާއި މަސްލަޙަތު އޮތީ ވެސް އޮތީ މުންކަރާތްތައް މަނާކޮށްގެން ކަމަށެވެ.

ޑރ. ޑރ.އިޔާޒް މިގޮތަށް ވިދާޅުވެފައިވާއިރު މަރުގެ ޙުކުމް ތަންފީޒުކުރުމާއި ބެހޭގޮތުން އެބޭފުޅާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގެ މައްސަލައިގައި ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ފުލުހުންގެ ވާޖިބު އެ މީހުން އަދާކުރަން ޖެހޭނެ ކަމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.
އަދި ހައްގު ބަސް ބުނަންވާނެ ކަމަށާއި އަދި ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް އަދި ރަނގަޅުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.