މި އަހަރު ބަޖެޓް ދީފައި ވަނީ ކައުންސިލަރުން ފެން ވަރައި ރީތިވެގެން ކައުންސިލް އިދާރާ އަށް ވަދެވޭ ވަރަށް އެކަނި ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ ވިދާޅުވީ މި އަހަރު ލިބުނު ބަޖެޓުން އިދާރީ ކަންކަން ކުރެވޭނެ ބަޖެޓެއް ވެސް ނެތް އިރު، ތަރައްގީގެ އެއްވެސް ކަމެއް ބަޖެޓު ކުރެވިަފއި ނެތް ކަމަށެވެ.
ސޯބެ މިގޮތަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ކައުންސިލްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ކައުންސިލްތަކަށް ދީމާވެފައިވާ މައްސަލަތަކުގެ ޝަކުވާ ވަނީ އެލްޖީއޭ އަށް ހުށަހަޅާފައެވެ.
މިހާރު މާލެ ވަޑައިގެން އުޅުއްވާ އައްޑޫ މޭޔަރު ވަނީ އިއްޔެ ރައީސް ޑރ. މުހައްމަދު ަވަހީދު ހަަސަން މަނިކާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާ ބައްދަލުކުރައްވާފަ އެވެ.