Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

ހައްގު ބަސް ބުނުމަކީ ވާޖިބެއް: ޑރ. ޖަމީލް

ހައްގު ބަސް ބުނުމަކީ އިސްލާމް ދީނުގައި ވާޖިބެއް ކަމަށާއި އެއީ އަބުރާ ބެހުން ނޫން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި މި ގޮތަށް ވިދާޅުވެފައިވާ އިރު އަބުރާއި ބެހުމުގެ ބިލް މަޖްލީހުން ވަނީ ބަލައިގަނެ 11 މެމްބަރުން ހިމެނޭ ކޮމެޓީއަކަށް ފޮނުވައިފަ އެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ވަކާލާތު ކުރައްވަމުން އަންނަ ޑރ. ޖަމީލް ވިދާޅުވީ ވެރިން ކުރާ ގޯސް ކަންތަކުގެ ވާހަކަ ދެއްކުމަކީ ދީނުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަބުރުގެ ބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން އަންނަ އިރު ވެރިކަން ކުރާ ޕީޕީއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

ބިލް މަޖްލިސްއަށް ބަލައިގަތުމަށްވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.