އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ބުޝް ނުސީދާ ގޮތެއްގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔައިފިއެވެ.
އަމިއްލަ ފަރާތަކުން ބޭއްވި ފަންޑުރައިސާއެއްގައި ބުޝް ވަނީ ޓްރަމްޕުގެ ނަން ބޭނުންނުކުރި ނަމަވެސް އޭނާގެ ސިޔާސަތުތަކަކީ އެމެރިކާގެ ރައްޔިތުންނަށް ލާބަ ހުރި ސިޔާސަތުތަކެއް ނޫން ކަމުގައި ހާމަކޮށްފައެވެ.
ބުޝްގެ ވާހަކައިގައި ޓްރަމްޕުގެ އެމެރިކާ 'ގަދަ' ކުރުމުގެ ސިޔާސަތުގެ ސަބަބުން ގައުމަށް އަންނާނީ ދަތި ކަމާއި އުނދަގޫ ކަން ނުސީދާގޮތެއްގައި ބުނެފައެވެ. ސިޔާސީ ބޭފުޅުން ވަނީ ބުޝްގެ މި ވާހަކައާ މެދު ހައިރާންވެފައެވެ.
'މޭކް އެމެރިކާ ގްރޭޓް އެގެއިން' ގެ ނަމުގައި ޝިއާރެއް ކަނޑައަޅައި ޓްރަމްޕުގެ އަމާޒަކީ ކުރީގައިވެސް އޮތް ނަސްލީ ތަފާތުކުރުންތައް އަނބުރައި ގައުމަށް ގެނައުމެވެ.
އެގޮތުން އޭނާވަނީ އެގައުމަށް މުސްލިމުންނާއި އަވަށްޓެރި މެކްސިކޯގެ ރައްޔިތުން ގައުމުން ބޭރުކޮށްލުމަށް ވަށައި ބޮޑު ފާރެއް ރޭނުމަށް ނިންމާފައެވެ.
އެމެރިކާގެ ގިނަ ރައްޔިތުން ޓްރަމްޕުގެ ވިސްނުމާއި ދެކޮޅަށް އަޑުއުފުލާފައިވީނަމަވެސް އެންމެ ފަހުގެ ޕޯލް ތަކުން ޓްރަމްޕު ވަނީ ގިނަ ސްޓޭޓުތަކުގައި ކުރި ހޯދާފައެވެ.