Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

ލިންކް ރޯޑްގެ ވަޅުގަނޑުތައް، ފާހަގަ ކުރަން ވެލި ބަސްތާ!

ހިތަދޫ ލިންކް ރޯޑުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ފައި ވަނިކޮށް، ވަޅުގަނޑުތައް ފާހަނގަ ކުރަން ވެލި ބަސްތާ ބަހައްޓަން ފަށައިފި އެވެ.

ހިތަދޫ ލިންކް ރޯޑުގައި ހުންނަ 'އެޕޯލޯ' ގުދަނާ ދިމާލުގައި ކުރިން ހުރި ވަޅުގަނޑު ފާހަގަ ކުރުމަށް، ކުނިއާއި ވެލި އަޅާފައިވާ ބަސްތާއެއް ބާއްވާފައިވާ އިރު މީ ކޮން ފަރާތަކުން ބާއްވާފައިވާ އެއްޗެއްކަން އަދި ސާފެއް ނުވެއެވެ.

މި ސަރަހައްދުގެ އިތުރުން ވެސް ލިންކް ރޯޑުގައި ވަޅުގަނޑު ހެދިފައިވާ އެހެން ހިސާބުތަކުގައި ވެސް ވެލިބަސްތާ ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

ބެލެވޭ ގޮތުގައި މިއީ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ ސަބަބުން އެ މަގުން ދުއްވާ ފަރާތްތަކަށް ގެއްލުންވާތީ، އާންމު ފަރާތަކުން އެ ވަޅުގަނޑު ފާހަގަކުރުމަށް ބަހައްޓާފައިވާ ވެލި ބަސްތާއެކެވެ.

އައްޑޫ ސިޓީގެ މަގު ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އިންނެވެ.

ނަމަވެސް މިފަހަކަށް އައިސް ލިންކް ރޯޑުގެ އެކި ދިމަދިމާލުގައި ވަޅުގަނޑުތައް ހެދިފައިވާ އިރު އެތަންތަން މަރާމާތު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ.

ހިތަދޫގައި އެންމެ ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ބީއެމްއެލް ހިތަދޫ ބްރާންޗާއި ދިމާލުގައި ވެސް ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާތީ އޭގެ އުނދަގޫ ގިނަ ބަޔަކަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ލިންކް ރޯޑުގައި ހެދިފައިވާ، ވަޅުގަނޑުތައް ފާހަގަކުރުމަށް ވެލިބަސްތާ ތައް ބަހައްޓަން ފަށާފައި ވާއިރު، އެ ވވަޅުގަނޑުތަކުގެ ސަބަބުން މަގުން ދަތުރުކުރާ ފަރާތްތަކަށް އަނިޔާތައް ލިބިފައިވާ ކަން ފާހަގަކުރެވެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ހިތަދޫގެ ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި، ލިންކް ރޯޑުގެ ހާލަތު މިހާރު އޮތް ގޮތުން އެ މަގުގައި ދުއްވުމަކީ، ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ. އަދި ހިތަދޫގެ ވެލި މަގުތަކެކޭ ލިންކް ރޯޑް އެކޭ ތަފާތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

" ލިންކް ރޯޑެކޭ ވެލި މަގެކޭ ތަފާތެއް ނެތް. ވަރަށް ނުރައްކާތެރި ކަމެއް ސައިކަލް ދުއްވާ މީހުންނަށް. މަގު އެހާ އަނދިރި، ރޭގަނޑު އޭގެ ވަޅުގަނޑުތަކަށް އެތައް ބަޔަކު، ސައިކަލް