އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލިސްގެ މައިނޯރިޓީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ޕޮލިހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފިއެވެ.
އިބޫ ޕޮލިހަށް ހާޒިރު ކުރަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަޔާނެއް ނެގުމަށް މިރޭ 9:30 އަށެެވެ.
އިދިކޮޅު އިއްތިހާދުގެ ލީޑަރުންނާއި މަޖިލިސް މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންތައް ދަނީ ނަގަމުންނެވެ. އެގޮތުން ރޭ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުސް އިދާރާއަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން ނިޒާރުގެ ފޯނު ފުލުހުން ވަނީ ނަގާފައެވެ.