Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި 33 މީހަކު!

ފުލުހުން އައްޑޫގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާ ކުރަނީ. ފޮޓޯ/ ޕޮލިސް

އައްޑޫގައި ފުލުހުން ހިންގަމުންދާ ހާއްސަ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 33 މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް ތަހްޤީޤަށް ފަހު ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު އެކަނި ވެސް 24 މީހަކު ބަލައި ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެ ވެ. އަދި 57 ތަނެއް ބަލައި ފާސްކޮށްފައިވާ އިރު 44 އުޅަނދެއް ވަނީ ޗެކްކޮށްފައެވެ.

މި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ހިންގާ ހާއްސަ އޮޕަރޭޝަނާ ގުޅިގެން އައްޑޫގެ ކުށުގެ ވެށި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އައްޑޫގެ އާއްމު ރައްޔިތުން ބުނާ ގޮތުން ފުލުހުންގެ އޮޕަރޭޝަނާ ގުޅިގެން އައްޑޫން ބޮޑެތި ކުށްވެރިންތައް ބަންދު ކޮށްފައިވާތީ އެ ފަރާތަކަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ.