Last Updated: June 5, 18:06
Friday, June 5, 2026
ސިޔާސީ

އިއްތިހާދުގެ ޖަލްސާއެއް މިރޭ ހިތަދޫގައި

މޯލްޑިވްސް ޔުނައިޑެޓް އޮފޮޒިޝަން (އެމްޔޫއޯ) ނުވަތަ އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް މިރޭ ހިތަދޫގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އޮންނާނީ އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދުގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 9:00 ޖަހާ އިރު އެވެ.

"އިންތިގާލީ މަގަށް" ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވަމުން އަންނަ ޖަލްސާތަކަށް ފުލުހުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން މިދިޔަ ހަފުތާގައި ވެސް އައްޑޫގެ އެކި އަވަށްތަކުގައި ބޭއްވި ބައްދަލުވުންތަކަށް ފުލުހުން ހުރަސް އަޅާފައިވެ އެވެ.