Last Updated: May 16, 14:10
Thursday, May 16, 2024
ސިޔާސީ

މި އަހަރު މުދަލުގެ ޒަކާތް ވެސް ނުލިބޭ: މޭޔަރު

މި އަހަރުގެ މުދަލު ޒަކާތް ވެސް ސަރުކާރުން ދީފައި ނުވާ ކަމަށާއި މިސްކިތްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ މިސްކިތްތައް ސާފުކޮށް ބަލަހައްޓަމުން ނުދާ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ެރޭ ވިދާޅުވެއްޖެ އެވެ.

ހިތަދޫގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ސޯބެ ވިދާޅުވީ ކުރީ އަހަރުތަކުގައި ރޯދައިގެ ކުރިން މުދަލުގެ ޒަކާތް ލިބޭ ކަމަށެވެ.

"ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ލިބޭ އެ އަހަރެއްގެ މުދަލު ޒަކާތް. މި އަހަރުގެ މިހާތަނަށް އައިރު މުދަލުގެ ޒަކާތުގެ ވާހަކަ ނުވެސް ދައްކާ،" އޭނާ ވިދާޅުވި އެވެ. "އެ ފައިސާ ވީ ކޮންތާކު ކަމެއް ވެސް ނޭނގެ. ދީނަށްޓަކައި ގައުމަށްޓަކައި އައި ވެރިކަމުން މި އަހަރު މިއީ ރާއްޖެ ރާއްޖެ އިސްލާމްވި ފަހުން ފުރަތަމަ ފަހަރު ޒަކާތު ހައްގުވެރިންނަށް ޒަކާތް ނުލިބުން."

ސޯބެ އަދި ވިދާޅުވީ ފިތުރު ޒަކާތުގެ ހައްގުވެރިންނަށް އެ ޒަކާތް ވެސް އައްޑޫގައި އެންމެ އެދެވޭ ގޮތަށް މި އަހަރު ލިބިފައި ނުވާ ކަމަށެވެ.

ފިތުރު ޒަކާތް ބެހުމުގައި މި އަހަރު ހިތަދޫގައި ވަނީ ގިނަ މައްސަލަތަކެއް ވެސް ކުރިމަވެފަ އެވެ. އެގޮތުން ހައްގު ނުވާ ގިނަ ބަޔަކު ފިތުރު ޒަކާތް ނަގާފައިވާ ކަމަށްވެ އެވެ.