Last Updated: May 9, 23:24
Thursday, May 9, 2024
ޚަބަރު

ތިން ތަރީގެ ހޮޓަލެއް ހިތަދޫގައި އަޅަނީ

ތިން ތަރީގެ ހޮޓެލް އެޅުމަށް ހިތަދޫން ރަނގަޅު ބިމެއް ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ދެކުނު ދަތުރުފަތުރުގެ ނިޒާމްގައި ހިމެނޭ ހުޅުމީދޫ ފެރީ ޓާމިނަލް ހުޅުވުމަށް މިއަދު ހަވީރު ހުޅުމީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވީ ހިތަދޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

އެހެންވެ ހިތަދޫގައި މަދުވެގެން ތިން ތަރީގެ ހޮޓާ އެޅުމަށް ރަނގަޅު ބިމެއް ހޯދުމަށް ނިމިގެން ދިޔަ ހަފްތާގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޖުނައިދު ވިދާޅުވިއެވެ.

hab

"މީގެ ދެތިން ދުވަސް ކުރިން ކުރެއްވި މަޝްވަރާއެއްގައި ވިދާޅުވި، ޖުނައިދުއޭ އަޅުގަނޑު ވަރަށް ބޭނުމޭ، ހިތަދޫގެ ރައްޔިތުންނަށްޓަކައި، ހިތަދޫގެ ޒުވާނުންނަށްޓަކައި ކޮންމެވެސް ރަނގަޅު ދިމާލަކުން ބިމެއް ހޯދައިގެން ހޮޓަލެއް އަޅަން، މީ ވަރަށް އުފާވެރި ހަބަރެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބިމެއް ހޯދައިގެން ހޮޓަލެއް އަޅާނަން

ޖުނައިދު ވިދާޅުވީ ދޫގަސް ހިންގުމަށް އެތަން ހޯދަން ބެލި އިރު އެތަނުގެ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން އެތަން ނެގުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ، އަދި ވަރަށް އަވަހަށް އެތަނުގެ މައްސަލަ ހަމަޖެހި އެތަން އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ.

hab1

ޖުނައިދު ވިދާޅުވީ ދޫގަސް ހިންގަން ފެށުމުން 150 އެއްހާ ވަޒީފާ އުފެދި، ހުޅުމީދޫގެ ރައްޔިތުންނަށްވެސް ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން ވަޒީފާއަށް ދެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.

އައްޑޫގެ ދަތުރުފަތުރުގެ ނިޒާމް އިފްތިތާހް ކުރުމާއި އެކު ގިނަ ބަޔަކު އަންނަނީ ފެރީ އާއި ބަހުގައި ދަތުރު ކުރަމުންނެވެ.