Last Updated: May 18, 14:59
Saturday, May 18, 2024
ވިޔަފާރި

މަލްޓީން ބިސް، ފިޔާ އަދި އަލުވި ޝިޕްމެންޓެއް ގެނެސްފި

އައްޑޫގައި މިވަގުތު ބިސް ފިޔާ އަދި އަލުވި ލިބުމުގައި ތާށިކަމެއް އައިސްފައި ވަނިކޮށް ހިތަދޫ މަލްޓީ އިން، ރާއްޖެއިން ބޭރުން ޝިޕްމެންޓެއް ގެނެސްފި އެވެ.

މަލްޓީގެ މާކެޓިން އޮފިސަރ ޖަފުނާ ޢަލީ ވިދާޅުވިގޮތުގައި ކޮންމެ އަހަރަކުވެސް ހުޅަގު މޫސުމުގެ ވިއްސާރައާއި ދިމާކޮށް މިބާވަތްތަކުގެ ސަޕްލައި ދަށްވާ ކަމަށާއި، އޭގެ ސަބަބުން ބާޒާރުގައި އަގުއުފުލި ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ.

ނަމަވެސް މިގެނެވުނު ޝިޕްމެންޓްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން ބިސް ކޭހެއް މިހާރު ވިއްކަނީ 430 ރ. އަށެވެ. ފިޔާ ބަސްތާއެއް 245 ރ. އަށް އަދި އަލުވި 295 ރ. އަށް ވިއްކަން ނިންމާފައިވާ ކަމަށެވެ.

އިތުރަށް ޖަފުނާ ހާމަ ކުރެއްވިގޮތުގައި މިބާވަތްތައް، މިރެއިން ފެށިގެން، ސްޓޮކް ހުރި މިންވަރަކުން ދޫކުރަމުން ގެންދާނެ ކަމަށެވެ.