Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ދެ ގައުމަކުން ރާއްޖެ އަށް ވައިގެ އުޅަނދުތައް ފޯރުކޮށް ދެނީ

ދިވެހި ރާއްޖޭގެ ވައިގެ އަސްކަރިއްޔާ އުފެއްދުމަށް އަވަށްޓެރި އިންޑިޔާ އަދި ޕާކިސްތާނުން އެހީ ވުމުގެ ގޮތުން ފައިޓާ ޖެޓުތައް ދިނުމަށް ނިންމައިފި އެވެ.

ޑިފެންސް މިނިސްޓަރު ދައުލަތުގެ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އިންޑިޔާ އަދި ޕާކިސްތާނުންވެސް ރާއްޖެއަށް ވައިގެ އުޅަނދުތައް ދިނުމަށް މިހާރުވަނީ ނިންމާފައެވެ.

އެގޮތުން އިންޑިޔާއިން 3 ޖެޓު ރާއްޖެއަށް ދޭއިރު ޕާކިސްތާނުން ދެ ފްލައިޓު ދިނުމަށް ހަމަޖެހިފައިވާކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޕާކިސްތާނު ކްރެޑިޓް ފެސިލިޓީގެ ދަށުން ޕާ މަޝާކް ބްރޭންޑްގެ ދެ މަތިންދާބޯޓް ރާއްޖެއަށް ވަނީ މިހާރު ދީފައި ކަމަށް ޑިފެންސް މިނިސްޓަރާއި ހަވާލާދީ ދައުލަތުގެ މީޑިޔާއިން ވަނީ ޚަބަރުކޮށްފައެވެ.

ވައިގެ އަސްކަރިއްޔާގެ ޙަރަކާތްތައް ފެއްޓެވުމަށްޓަކައި، ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އެއަރބޭސްއެއްގެ ގޮތުގައި ކައްދޫ ވައިގެ ބަނދަރު ވަނީ ހަމަޖައްސަވާފައެވެ. މިތަން ތަރައްޤީކުރާނެ އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ.

މިއުޅަނދުތަކުގައި ދުއްވާނެ ފައިޓާ ޕައިލަޓުން މިހާރު ދިވެހި އަސްކަރިއްޔާގައި އެބަތިއްބެވެ. ވައިގެ ގޮތުން ގައުމަށް އަތުވެދާނެ ނުރައްކަލަކަށްޓަކައި މިއުޅަނދުތައް ލިބުމުން އަސްކަރިއްޔާ އޮންނާނީ ފުރިހަމައަށް ތައްޔާރަށެވެ.