މިހާރު ބްރެެޒިލްގައި ކުރިއަށްދާ ރިއޯ އޮލިމްޕިކްސް 2016 ގައި އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް 100 މީޓަރު ފެތުމުން ރަން މެޑަލް ހޯދައިފިއެވެ.
ފެލްޕްސް އޭނާގެ 19 ވަނަ އޮލިމްޕިކް ރަން މެޑަލް، އާއެކު އޮލިމްޕިކްސްގެ ތާރީހުގައި އެންމެ ކާމިޔާބު އެތްލީޓުގެ ރިކޯޑު މިހާރުވަނީ އާކޮށްފައެވެ.
މިއީ މިމުބާރާތުގައި އެމެރިކާ ހޯދި ދެވަނަ ރަން މެޑައްޔެވެ. 19 އަހަރުގެ ކޭޓީ ލެޑެކީވެސް ވަނީ 400 މީޓަރުން ރަން މެޑަލް ގެނެސްފައެވެ.
ބަޑި ޖެހުމުންވެސް އެމެރިކާ އިން ވަނީ ރަން މެޑަލް ހޯދާފައެވެ. މިވަގުތު އެންމެ ގިނަ މެޑަލް ލިބިގެން އެއްވަނައިގައި އޮތީވެސް އެމެރިކާއެވެ.
3 ރަން މެޑަލް، 5 ރިހި މެޑަލް އަދި 4 ބްރޯންޒާއި އެކު އެމެރިކާ އެއްވަނައިގައި އޮތީ 12 މެޑަލް ލިބިގެންނެވެ. ދެވަނައިގައި ޗައިނާ އޮތީ 8 މެޑަލްއާއެކުއެވެ. ޗައިނާވެސް ވަނީ 3 ރަން މެޑަލް، 2 ރިހި އަދި 3 ބްރޯންޒު ހާސިލުކޮށްފައެވެ.
ތިންވަނައިގައި އޮތް އޮސްޓްރޭލިއާވެސް ވަނީ 3 ރަން މެޑަލް ހޯދާފައެވެ. ރިހި މެޑައްޔެއް ލިބިފައިނުވާއިރު އޮސްޓްރޭލިޔާ އިން ވަނީ ތިން ބްރޯންޒު ހާސިލުކޮށްފައެވެ.
މުބާރާތުން އެންމެ ހައިރާން ކުރުވަނިވި ކަމަކަށް މިހާތަނަށް ފެނިފައިވަނީ ދުނިޔޭގެ ޓެނިސް ޗެމްޕިއަން ޖޮކޮވިޗް މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިގެން ދިއުމެވެ. ގިނަބަޔަކު ހީކުރި ގޮތާ ހިލާފަށް ޖޮކޮވިޗް ވަނީ ސިންގަލްސްގައި ފުރަތަމަ ބުރުން ކަޓާފައެވެ.