Last Updated: May 2, 05:49
Friday, May 2, 2025
ސިއްހަތު

އަބުރުގެ ބިލަށް ވޯޓް ނަގަން ތާވަލްކޮށްފައި ވަނިކޮށް ގާސިމް ތައިލެންޑަށް

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ބިލަށް މާދަމާ ވޯޓު އަހަން ތާވަލް ކޮށްފައި ވަނިކޮށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުއްލި ގޮތަކަށް މިއަދު ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.

އަބުރުގެ ބިލަކީ، ސީދާ ކަރަޕްޝަނަށް ހުޅުވާ ދޮރެއްކަމަށް ވިދާޅުވެ، އެ ބިލަށް ވޯޓު ނުދެއްވާނެކަމަށް ވިދާޅުވި ގާސިމް އިބްރާހިމް ތައިލެންޑަށް ވަޑައިގެންފައިވަނީ އާއިލާގެ ބޭފުޅަކު ބަލިވެކަމަށް ވިދާޅުވެއެވެ.

އަބުރުގެ ބިލް ކޮމެޓީން މިރޭ ފާސްކޮށްފައިވާ އިރު، ބިލް މިހާރު އިސްލާހްކޮށްފައިވާ ގޮތުން، ލައިވް ފީޑް ކަނޑާލުމާއި، ހަބަރުގެ މަސްދަރު ހާމަ ކުރަންޖެހޭ ގޮތަށާއި، ހަބަރު ފަތުރާ މީޑިއާތައް ބަންދު ކުރެވޭ ގޮތަށް ބިލް ވަނީ އަލުން ތައްޔާރުކޮށްފައެވެ.

ގާސިމް ފުރާވަޑައިގެންނެވި އިރު ޖުމްހުރީ ޕާޓީން މާދަމާގެ ވޯޓާއި ގުޅިގެން އަދި ވިޕްލައިނެއް ނެރެފައި ނުވެއެވެ.