Last Updated: May 1, 13:17
Wednesday, May 1, 2024
ވިޔަފާރި

ބީއެމްއެލްގެ ހޯމް ލޯންގެ 20 ޕަސަންޓް ޕެންޝަން ފަންޑުން

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ލޯނުގެ 20 އިން ސައްތަ ޕެންޝަން ފަންޑުން ހަމަޖެއްސުމުގެ އެއްބަސް ވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކުއެވެ. ބީއެލްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.

މި އެއްބަސްވުމުގެ ދަށުން ގެދޮރު އިމާރާތް ކުރަންބޭނުންވާ ފަރާތްތަކުން ބޭންކަށް ދައްކަން ޖެހޭ ލޯނުގެ 20 ޕަސެންޓަށްވާ ފައިސާ އެމީހެއްގެ ޕެންޝަން ފަންޑުން ހަމަޖެހޭނެއެވެ. އަދި އެދަދަށް ފައިސާ ހަމަ ނުވާނަމަ އާއިލާގެ އެހެން މީހެއްގެ ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ހަމަޖެއްސޭނެ ކަމަށް ބޭންކުން ބުންޏެވެ.

ގެދޮރު އިމާރާތް ކުރުމަށް ލޯން ނަގާ އިރު ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ހަމަނުވެގެން އެތައް ބަޔަކު ވަނީ ހައުސިން ލޯން ނުނެގިއެވެ.

އެހެންވެ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ޕެންޝަން ފަންޑްގައި ހުރި ފައިސާ ބޭނުން ކުރެވޭ އިސްލާހެއް ފާސްކޮށްފައެވެ.

އެއާއި އެކު ބޯހިޔާވަހިކަމަށާއި އެހެނިހެން ކަންކަމަށް ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ އުސޫލް ވަނީ ހަމަޖެހިފައެވެ.