އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ސަރުކާރުން އެކުލަވާލި ބިލަށް ވޯޓުގައި ބައިވެރިނުވާ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ޕީޕީއެމްގެ ވައިބާރ ގްރޫޕުން ބޭރުކޮށްލައިފި އެވެ.
އަބުރުގެ ބިލަށް ފާޅުގައި ފާޑުވިދާޅުވި، ސަލީމް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާވެސް ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްއިން ބޭރުކޮށްލާފައެވެ. މުސްޠަފާ ވަނީ ފާޅުގައި ބިލަށް ފާޑު ކިޔާފައެވެ.
މިއަދުގެ ބިލަށް ވޯޓު ނުދެއްވި ޕީޕީއެމްގެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ.